ތަޢާރަފް
ކައުންސިލަށް 8 ސީޓުގެ ބަގީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)268/2026/6 އަށް ހުށައަޅާފައިވާ އަންދާސީ ހިސާބުގެ އަގުތަށް ބޮޑުކަމަށް ފެންނާތީ އެ އަންދާސީ ހިސާބުތަށް ބާތިލުކުރުމަށް ފަހު މި ކައުންސިލަށް 8 ޝީޓް ބަގީއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކު އެއްހީރާސްކޮށްފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް ތިރީގައިވާ ލިންކުން ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބިޑްރަޖިސްޓްރީކުރާ އޮންލައިންފޯމުގެ ލިންކް ތިރީގައި އެވަނީ
https://docs.google.com/forms/d/e/1FAIpQLSffklwkU_xGtYULzhzmoAeDIjjQCmV-qZ66kFjikL9UEoMZ8g/viewform?usp=header
ބިޑްރަޖިސްޓްރީކުރެވޭނޭ އެންމެފަހުގެ ތާރީހް: 7އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް
ބިޑް ހުށަހެޅުން
ތަން: ކައުންސިލްގެ އިދާރާގައި
ތާރީޚް: 14 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް
އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 10 ޕޮއިންޓް، އަދި ތަޖުރިބާއަށް 10 ޕޮއިންޓެވެ. ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ ސަރުކާރު
އިދާރާތަކަށް އެއްގަމު އުޅަނދު ސަޕްލައިކޮށްދީފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. އެގޮތުން ކޮންމެ ޕްރޮޖެކްޓަކަށް 2 ޕޮއިންޓްގެ އުސޫލުން އެންމެގިނަވެގެން ދެވޭނީ 10 ޕޮއިންޓެވެ.
މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި ބިޑްހުށަހަޅާ ފޯރމް މި އިޢުލާނާއެކު އާންމު ކުރީމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރަށް ގުޅުއްވުން ނުވަތަ މެއިލްއަށް މެއިލްކުރެއްވުން އެދެމެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ
ފޯން: 6520042
އީމެއިލް:
