ޕްރޮކިއުމަންޓް

ނޭކުރެންދޫ ކައުންސިލަށް ޤާނޫނީ ލަފާ ދޭނެ "ލޯ ފަރމް" އެއް ހޯދުން

ހުޅުވިފައި(IUL)268/2026/33
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްސުންގަޑި: 7 ސެޕްޓެމްބަރު 2026

ތަޢާރަފް

މި ކައުންސިލަށް 2 (ދެއެއް) އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ލޯ ފަރމް އެއް ބޭނުންވެއެވެ. މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 7 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

ރަޖިސްޓްރޭޝަން ލިންކް:

https://forms.cloud.microsoft/r/vpyyMY0gJm

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ސެޕްޓެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި ނޭކުރެންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " "ނޭކުރެންދޫ ކައުންސިލަށް ޤާނޫނީ ލަފާ ދޭނެ ލޯ ފަރމް އެއް ހޯދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ

ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ

ފޯން: 6520042

އީމެއިލް:

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.