ޕްރޮކިއުމަންޓް

ނޭކުރެންދޫ ކައުންސިލަށް ރަށު ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުވިފައި(IUL)268/2026/32
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްސުންގަޑި: 6 ސެޕްޓެމްބަރު 2026

ތަޢާރަފް

މި އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް ނޭކުރެންދޫ ކައުންސިލަށް ރަށު ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި އިޢުލާނާ ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުގައި ހުށައަޅާފައިވާ އަގުތައް ބޮޑުވުމާގުޅިގެން، އެ އިޢުލާން ބާޠިލްކޮށް މި އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް ނޭކުރެންދޫ ކައުންސިލަށް ރަށު ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާނު ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 ސެޕްޓެމްބަރ 6 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

ރަޖިސްޓްރޭޝަން ލިންކް:

https://forms.cloud.microsoft/r/HzDs79gbV4

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ސެޕްޓެމްބަރ 16 ވާ ބުދަ ދުވަހުގެ 13:15 ގައި ނޭކުރެންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ނޭކުރެންދޫ ކައުންސިލަށް ރަށު ޕިކަޕެއް ފޯރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ

ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ

ފޯން: 6520042

އީމެއިލް:

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.