އިޢުލާނު

05 ވަނަ ދައުރުގެ އިންތިޚާބީ ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރުމުގެ ދަރުބާރާ ގުޅޭ

(IUL)268/2026/11
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ ދަށުން ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމަށް ބާއްވ
0

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ ދަށުން ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމަށް ބާއްވާ ޙާއްޞަ ދަރުބާރު ތިރީގައިވާ ތާރީޚާއި ވަގުތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތާރީޚު: 17 މޭ 2026 (އާދީއްތަ ދުވަސް)

ގަޑި: ހެނދުނު 11:00 ގައި

ތަން: ނޭކުރެންދޫ ކައުންސިލްގެ އިދާރާގެ ހޯލް

މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ނޭކުރެންދޫގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

ވީމާ ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

އެޕްލިކޭޝަން ފޯމު

މި ފޯމު ފުރިހަމަކުރައްވައި އޮންލައިންކޮށް ހުށަހަޅުއްވާ

This service has no online form yet.