ކައުންސިލަށް 8 ސީޓުގެ ބަގީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ކައުންސިލަށް 8 ސީޓުގެ ބަގީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބިޑްރަޖިސްޓްރީކުރާ އޮންލައިންފޯމުގެ ލިންކް ތިރީގައި އެވަނީ
https://docs.google.com/forms/d/e/1FAIpQLSffklwkU_xGtYULzhzmoAeDIjjQCmV-qZ66kFjikL9UEoMZ8g/viewform?usp=header
ތާރީޚް: 15ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް
ބިޑް ހުށަހެޅުން
ތަން: ކައުންސިލްގެ އިދާރާގައި
ތާރީޚް: 05 ފެބުރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި
ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 10 ޕޮއިންޓް، އަދި ތަޖުރިބާއަށް 10 ޕޮއިންޓެވެ. ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ ސަރުކާރު އިދާރާތަކަށް އެއްގަމު އުޅަނދު ސަޕްލައިކޮށްދީފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. އެގޮތުން ކޮންމެ ޕްރޮޖެކްޓަކަށް 2 ޕޮއިންޓްގެ އުސޫލުން އެންމެގިނަވެގެން ދެވޭނީ 10 ޕޮއިންޓެވެ.
މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމު ކުރީމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
އެޕްލިކޭޝަން ފޯމު
މި ފޯމު ފުރިހަމަކުރައްވައި އޮންލައިންކޮށް ހުށަހަޅުއްވާ
This service has no online form yet.
